ބައްޕައަކު އޭނާގެ ހުރިހާ ދަރިން އެއްކޮށްފައި، އެ ކުދިންގެ ގާތުގައި އެއް ދުވަހަކު ބުންޏެވެ:
"ތިޔަ ހުރިހާ ލޮބުވެތި ކުދިންގެ އުމުރުން 12 އަހަރު ވުމުން ވަރަށް ބޮޑު އަދި އެހާމެ މުހިންމު ސިއްރެއް ބުނާނަމެވެ. އެއީ 'މުޅި ހަޔާތުގެ ސިއްރޭ’ވެސް ބުނެވިދާނެއެވެ."
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރުން 12 އަހަރު ފުރުނެވެ. ހަމަ ވަގުތު ޖެހުމާއެކު، ކެތްތެރިކަން ކޮޅުންލައިފައިވާ އެ ދަރިފުޅު ބައްޕަ ގާތުގައި އެއްސެވެ:
"ބައްޕާއެވެ. އެ ދުވަހު ވިދާޅުވި 'ހަޔާތުގެ ސިއްރަކީ ކޮބައިތޯ’އެވެ؟"
ޖަވާބުގައި އޭނާގެ ބައްޕަ ބުންޏެވެ:
"ސިއްރު ބުނެފާނަމެވެ. ނަމަވެސް އެއީ ކޮއްކޮމެންގެ ގާތުގައި އެ ސިއްރު އަދި އިހަށް ނުބުނާމަތިންނެވެ."
މިހެން ބުނެފައި ބައްޕަ ބުންޏެވެ: "’ހަޔާތުގެ ބޮޑު ސިއްރަ’ކީ މިއެވެ: ގެރިއަކީ ކިރު ދޭ އެއްޗެއް ނޫނެވެ."
ހަމަ މިހެން ބުނުމާއެކު ދަރިފުޅަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި ވަގުތުން އެއްސެވެ:
"ބައްޕަ ތިޔަ ވިދާޅުވީ ކީކޭތޯއެވެ؟" ބުއްދި ގަބޫލުކުރަން ދަތިވެފައި ހުރި ރާގަކަށް އެހިއެވެ.
ބައްޕަ ޖަވާބު ދިނެވެ: "އާނއެކެވެ. ތިޔަ އަޑު އެހީ ހަމަ ރަނގަޅަށެވެ. ގެރިއަކީ ކިރު ދޭ އެއްޗެއް ނޫނެވެ. ދަރިފުޅަށް ޖެހޭނީ އެ ސޮރުގެ ފަރާތުން ކިރު ހޯދައިގަންނާށެވެ. ކޮންމެ ދުވަހަކު ފަތިހު ހަތަރެއް ޖަހާއިރު ހޭލާށެވެ. ދަނޑަށް ދާށެވެ. ގެރިގުއިން ފުރިފައިވާ ފަސްގަނޑުމަތިން ގިރާކުރަމުންނެވެ. ދެން އެ ސޮރުގެ ނިގޫ ބަންނަން ޖެހޭނެއެވެ. ދެކޮޅަށްދެކޮޅަށް ހެލިފެލިވެ ނޫޅެވޭނެ ގޮތަށް އެ ސޮރުގެ ފައި ބަންނަން ޖެހޭނެއެވެ. އެއަށް ފަހު ގޮނޑިއެއްގައި އިށީންނާށެވެ. އަދި ބާލިދީއެއް ގެރީގެ ފުރަގަހާ ދިމާގައި ބައިންދާށެވެ. 'ހަޔާތުގެ ސިއްރަކީ އެއީ’އެވެ. ގެރިއަކީ ކިރު ދޭ ހައިވާނެއް ނޫނެވެ. އޭގެން ޖެހޭނީ ކިރު ފެލާށެވެ. ނޫނީ ނުފެލާ ދޫކޮށްލާށެވެ. އެއިރުން ތިބާއަށް ކިރެއް ނުލިބޭނެއެވެ."
ބައްޕަ އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ: "އަހަރެމެންގެ ތެރޭގައި މިހާރު މި އުޅޭ ޖީލަށް ކުރެވޭ ކުށްހީ އަކީ މިއީ އެވެ. އެ ކުދިންނަށް ހީވެފައި އޮންނަނީ ގެރިއަކީ ކިރު ދޭ އެއްޗެއް ކަމަށެވެ. ކޮންމެ އެއްޗަކީ އޮޓޮމެޓިކުން ހިލޭ ލިބޭ އެއްޗެއް ކަމަށެވެ. އެ ކުދިންގެ ވިސްނުން ހުންނަނީ މި ބުނާ ގޮތަށެވެ: 'އަހަރެން ބޭނުމެވެ؛ އަހަރެން ބޭނުން ކަމަށް ބުނަމެވެ؛ އަދި އަހަރެންނަށް ލިބެއެވެ.' އެ ކުދިން މިހާރު ހޭނިފައިވަނީ ކޮންމެކޮންމެ އެއްޗެއް ވެސް އޭގެ އެންމެ ފަސޭހަ ގޮތަށް ލިބުމަށެވެ. ނަމަވެސް 'ހަޔާތަ’ކީ މިއެއް ނޫނެވެ. 'ހަޔާތަ’ކީ ބޭނުންވުމާއި، ބޭނުންވާ ވާހަކަ ބުނުމާއި، އަދި އެ ބޭނުންވާ އެއްޗެއް ލިބުމެއް ނޫނެވެ. މީހަކަށް ލިބޭ އެއްޗަކީ އޭނާ އަމިއްލަ މަސައްކަތުން ހޯދައިގަންނަ އެއްޗެކެވެ. އުފާވެރި ކަމަކީ މަސައްކަތުން ލިބޭ އެއްޗެކެވެ. މަސައްކަތް ނުކޮށްފި ނަމަ އުފެދޭނީ މާޔޫސް ކަމެވެ."
ހަގީގަތަކީ މިއީ އެވެ.
އެހެންކަމުން، ދަރިން ގާތުގައި، އެ ކުދިންގެ އެންމެ ޅަ އުމުރުގައި ވެސް 'ހަޔާތުގެ މި ސިއްރު' ހިއްސާކުރާށެވެ. ޅަ ދުވަހުއްސުރެ، ސަބަބުގައި ހިފުމެއް ނެތި، ނާއުއްމީދީ ހާސްވުންތަކުން ދުރުކުރުވުމަށްޓަކައެވެ. އެ ކުދިންގެ ނާޒުކު، ނިޔަނެތި އަދި މައުސޫމު މޫނުތަކުގެ ސަބަބުން ސަރުކާރާއި މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިން އެ ކުދިންގެ ހިތުހުރިހާ ކަމެއް ފުއްދައިދޭނެ ކަމުގެ ކުށްހީގެ މަތީގައި ފުރާފުރިހަމަވެ ނުދިނުމަށެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ: ގެރިއަކީ ކިރު ދޭ ޖަނަވާރެއް ނޫނެވެ. އޭގެ ފަރާތުން ކިރު ލިބޭނީ ތިބާ އަމިއްލަ އަށް ކުރާ މަސައްކަތެއްގެ ސަބަބުންނެވެ.