ޒިލެންސްކީ މަތިން ހުޅަނގު ފޫހިވާން ފަށައިފި

Mon, 29 May 2023 09:44 PM

View on this article on Adhives Online

ޒިލެންސްކީ މަތިން ހުޅަނގު ފޫހިވާން ފަށައިފި

ޞުލްޙަ ޤާއިމުކުރުމަށްޓަކައި މަސައްކަތް ފެށުން އަވަސްކުރަން ޖެހިފައިވާކަން ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް ވިސްނައިދޭން ވެއްޖެކަމަށް ޖަޕާނުގައި ބޭއްވުނު ޖަމާޢަތް7ގެ ސަމިޓްގައި ސައްލާކުރެވިފައިވާ ކަމަށް އިޓަލީގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ލާ ރިޕަބްލީކާ އިން ބުނެފިއެވެ. ޔުކްރޭންގެ މަސްއަލަޔާ ބެހޭ ފައިލްތައް ޙައްލުކުރެވޭއިރު ޔުކްރޭނަށް "ސަލާމަތީ ޖާމިނުވުންތައް" ދެއްވާނެކަމަށް ޖަމާޢަތް7 ގެ އިސްވާރުން މި ސަމިޓްގައި ވަޢުދުވެ ވަޑައިގަތްފައި ވެއެވެ.

މި ނޫހުގައި އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން މިހާރު ޒިލެންސްކީއަށް ފިއްތަމުންދަނީ އޭނާގެ "އެދުންތައް" ގިނަވެގެން މި އެދުންތައް މަދުކުރެވޭތޯއެވެ. މި ނޫސް ބުނާގޮތުގައި ދުނިޔޭގެ ދެކުނުގެ ޤައުމުތައް ބަލައިގަންނަފަދަ މިންވަރަކަށް މި އެދުންތައް މަދުކުރެވިގެން މެނުވީ ޔުކްރޭނަށް އެ ޤައުމުތަކުގެ ތާއީދެއް ނުލިބޭނެއެވެ.

މި ނޫހުގައިޝާއިޢުކޮށްފައިވާޗ މި ދިރާސާ ބުނާގޮތުގައި ކިޔީވަށް ދެވިދާނެ ސިޔާސީ ޖާމިނުވުންތަކުގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ޔުކްރޭނަށް ދިނުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ފެށުމުގެ ފުރްޞަތު ދިނުން ހިމެނެއެވެ.

މި ނޫސް ބުނާގޮތުގައި ރައީސް ޖޯ ބައިޑްން ޔުކްރޭން ހަނގުރާމަ އަވަހަށް ނިންމަވަން ބޭނުންފުޅުވެއެވެ. މި އަރާރުން ކުރިއަށްދާނަމަ ރައީސް ބައިޑްނަށް މި އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވަން ދަތިފުޅުވާނެތީއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު މި އަންނަ އަހަރުގެ ނޮވެންބަރުގައި އޮންނާނެއެވެ.

މި ނޫހުގެ މި ލިޔުން ބުނާގޮތުގައި ޔުކްރޭނަށް ފަރަންސޭސިވިލާތާއި ޖަރްމަނާއި އިޓަލީން ދެމުންގެންދާ އެހީތަކާއި ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުތަކުގެ ސިޔާސީ ، މާލީ އަދި ޢަސްކަރީ ރިސޯސްތައް ދަނީ ފަނާވަމުން ހުސްވަމުންނެވެ. މިކަމުގެ ސަބަބުން ޤައުމުގެ ވޯޓަރުންނާ ކުރިމަތިލާން ދަތިވަމުންދާކަން ފާހަގަ ކުރެވެއެވެ. ކާބޯތަކެތީގެ އަގު ބޮޑުވަމުން ދިޔުމާއި ޚިދްމަތްތަކުގެ އަގުމައްޗަށް ދިޔުންފަދަ ކަންކަމާހެދި ހަޅުތާލުތައް އިތުރުވަމުންދާތަން ވެސް ފެނެއެވެ. ސަރުކާރުތައް ދެމިއޮތުމަށް ޓަކައި ޔުކްރޭނަށް ދޭ އެހީތައް މަދުކުރަން ޖެހިފައިވާ ކަމަށާއި އެއްވެސް އިމެއްނެތި އެހީތައް ނުދެވޭނެ ކަމަށް ޢާންމު ރައްޔިތުން ބުނެއެވެ.

The post ޒިލެންސްކީ މަތިން ހުޅަނގު ފޫހިވާން ފަށައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online