ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާޙްކޮށްފި

Fri, 26 May 2023 06:40 PM

View on this article on Adhives Online

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާޙްކޮށްފި

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާޙްކޮށްފިއެވެ. މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމެވެ.

މަގުހުރަސް ބައްތިތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ބައްތިތަކެކެވެ. އަދި މި ބައްތިތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

"މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ." އަރބަންކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ.

"މިގޮތުން މިފަހަރު ނުވަ ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުންކުރާ ކަފި ހުރަސްތައް އަދި މަގުހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް މިއަދުން ފެށިގެން ބޭނުން ކުރެވިގެން ދާނެއެވެ."

އަރބަންކޯ އިން ބުނީ ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތް ފެނިގެންދާނެ ކަމަށެވެ.

"އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެން ބުނެދޭނެއެވެ. އެ ބަޓަނަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ."

 

 


More from Adhives Online