ތަސްވީރުން ފެންނަ މަންޒަރު ވަރަށް ވެސް ސާފުހެން ހީވެއެވެ. ތުއްތު ދަރިފުޅަކާއި އެ ދަރިފުޅުގެ ބެލެނިވެރިއެކެވެ. ތުއްތު ދަރިފުޅު ވަނީ ވާނޭ ގޮތެއް ވާން ދޫކޮށްލައިފައެވެ. ނަމަވެސް، އޭނާގެ ބެލެނިވެރިޔާ އެ އޮތީ އަރާމުކުރުމުގައެވެ. ފުން ނިންޖަކުން ނިދާލާށެވެ.
މި ފޮޓޯ ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ރަމްޒީ ގޮތެއްގައި އެ ފެންނަ ތަސްވީރު، އެއްކޮޅުން ކިޔައިދެނީ ބައެއް ގައުމުތަކުގެ ވެރިންނާއި އެ މީހުންގެ ހާޝިޔާއިންނާއި އަދި ވެރިކަމުގެ އިސް ސަފުގައި އުޅޭ މީހުންގެ ވާހަކައެވެ. އަނެއްކޮޅުން އެ ތަސްވީރު ކިޔައިދެނީ އެ ފަދަ ތަންތަނުގެ ރައްޔިތުންގެ ވާހަކައެވެ.
ތަސްވީރުން ފެންނަ ބެލެނިވެރިޔާ ރަމްޒުކޮށްދެނީ ވެރިންނާއި އެ މީހުންގެ ހާޝިޔާއިންނާއި އަދި ވެރިކަމުގެ އިސް ސަފުގައި އުޅޭ މީސްމީހުންނެވެ. އެ ފަދަ ގައުމުތަކުގައި ހަމައެކަނި މުހިއްމު ވަނީ މި މީސްމީހުންނެވެ. ގައުމުގެ ހުރިހާ ޚައިރާތެއް އޮންނަނީ މި މީސްމީހުން ހިތްހަމަޖެއްސުމާއި އަރާމުކުރުމަށްޓަކައި ޚާއްސަކުރެވިފައެވެ! އެ ތަސްވީރުން ފެންނަ ތުއްތު ދަރިފުޅު ރަމްޒުކޮށްދެނީ އެފަދަ ގައުމުތަކުގެ ރައްޔިތުންނެވެ. ގައުމުގެ ހުރިހާ ޚައިރާތެއް ވެރިންނާއި ވެރިކަމުގެ އިސްސަފުގައި އުޅޭ މީހުން، އެ މީހުން ހިތުހުރި ގޮތަކަށް ބޭނުން ކުރަމުން ދާއިރު، ރައްޔިތުން ތިބެނީ، އެ ތުއްތު ކުއްޖާ ފަދައިން ވާނޭ ގޮތެއް ވާން ދޫކޮށްލެވިފައެވެ!
(ކުޑަ ބަދަލަކާއެކު ތަރުޖަމާއެއް)
The post ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ first appeared on އަދިވެސް އޮންލައިން.