މިސޮރެއް މިރެޔަކު ނުނިދާހޭ؟

Fri, 26 May 2023 12:00 AM

View on this article on Adhives Online

މިސޮރެއް މިރެޔަކު ނުނިދާހޭ؟

ރާގު: ހޭވާ ހޭވާ

ނާނާ ކިޔަކިޔަ އަޑު ދާއިރުވެސް މިސޮރެއް މިރެޔަކު ނުނިދާހޭ؟
ނާނާ ކިޔަކިޔަ އަޑު ދާއިރުވެސް މިސޮރެއް މިރެޔަކު ނުނިދާހޭ؟

***

މާދި އެނދާ ޖެހި ފައިމައެ އިނދެގެން ވާދިގު ލިއޮނދޯ ހެއްލައިގެން
​ ފާދިޔަ ހިލި ފައިން ވާގިމެ ދިޔަޔަސް ނާދިރު ހައްލެއް ނުލިބޭހޭ؟

​ފިރެމުން ދެއަތަށް ފަރުވާތެރިކޮށް ތިރެކެޑި ގައު މަވެ އެއްކޮށް ގޮސް
ވިރެމުން އަލިކޮޅު ދާއިރު ތިސޮރެއް މިރެޔަކު ދެލޮލެއް ނުމަރަންހޭ؟

ވަރުނެތި މަގެގައިން އަރުތެރެ ހިކިގެން ކަރުގައި ރިހުނަސް ނެތް ފަރުވާ
ބަރު ހިތް އަދުގައި ހަރުމަގެ ވާއިރު ޤަރުނެއް ވިޔަވެސް ނުނިދަންހޭ؟

އާނ އެ ޝަހާދަތް ލައިދި ހަދާފައި ޔާއެކު ބިސްމިން ފައްޓާފައި
ވާއެ ތިރީތިން ސޫރަތް ކިޔަވާ ފާއެ މެއަށް ފުމެ ނުހަދަންހޭ؟

ވޭނާއި ތަދާ ހޫނުން ރައްކާ ލޭނާރު މިހިތް އެދި ކޮށްދެން
ހާނާ ދެއަތުން ވިހެދީ ފަންކައިން ހެދިޔަސް އަމުދުން ނުނިދަންހޭ؟

​ސަފަރު މަހާ ވިދި ކަތްދަ އަރާ ގޮތް ސިފަކޮށް މަކިޔާދީ ހަދަމުން
ހަފަރާތް ހެކިކޮށް ކަފަ ބާލީހުން ނަފަގާތް މަ ދިނަސް ނުޗަލާހޭ؟

ރަތް ބޯވަޅު އެޅި ކަސަބު ލިބާސް ލާ ދަތް ގޯންޏެއް ހަމަ ކޮނޑުގަ އަޅާ
ރަތްލޯ މަރިޔަނބު ސަންތި އަރާ ގޮތް އަތް ފައިން މެކިޔަސް ނުނިދަންހޭ؟

ދެކޮޅުން ދެކޮޅަށް ކޮނޑުގައި ބާއްވައިން އެކޮއި ނިދާތޯ ހަމަ ކިޔަމުން
ހެކޮނެއް ފަދައިން ހިނގިޔަސް މިކޮޅަށް އެކޮޅުމަތިން "އިރު" ނާރާހޭ؟

"އައްސޭރި" ފުށުން ރައްކާ މި އުނގުން ދެއްވުން އެދިގެން ކީ ނާނާ
ރައްބަށް އެ ދުޢާ ދަންނަވަމުން ނިންމާލާ އިރުވެސް ނުނިދަންހޭ؟

The post މިސޮރެއް މިރެޔަކު ނުނިދާހޭ؟ first appeared on އަދިވެސް އޮންލައިން.


More from Adhives Online