ޣަފްލަތުންގެ ނިދީން ހޭލާން ނުވޭތޯ!

Sat, 25 Mar 2023 02:14 AM

View on this article on Adhives Online

ޣަފްލަތުންގެ ނިދީން ހޭލާން ނުވޭތޯ!

ޣަފުލަތުގެ ގަދަފަދަ ނިދިން ހޭލަން ނުވޭތޯ ހޭއަރާ
ނަފުސު މިންޖުކުރަން ޢަޒާބުގެ ނަރަކައިން ހުޅުގަނޑު އަރާ

ރަޙުމަތުގެ މޫސުން އެތައް ގިނަ އަންނަހިނދު އަހަރުގެ ތެރޭ
ފަހުމުކޮށް ދެނެ ހެޔޮ ޢަމަލުގައި ދާށެވީ ދުވެ ކުރި އަރާ

ހިތް އެދޭ އެދުމަށް އިޖާބަ ނުދީ ޙަޔާތް ގެއްލޭ ގޮތުން
ހިތްފުރޭ ޖަންނަތު އަދައި ހިންމަތް ކުރަންވީ ހިތްވަރާ

ވަގުތު ފާއިތު ވާނެޔޭ ހުއްޓައި ތިމާ ޣާފިލު ވެފައި
އަގު ވަގުތުގައި ހުރިވަރެއް ނޭނގޭނެ ކަސްރުން ވިޔަކުރާ

ޢަމަލަކުން ޒައްރެއް ކުރެވުނަސް ދެއްވަވަތެ އެކަމަށް ޖަޒާ
ޢަމަލަކަށް ހެޔޮ ދަރުމަ ދެއްވާ ޢަދަދު ނޭނގޭ މިންވަރާ

ފަސްނަމާދާ އަދި ޒަކާތް ޙައްޖާއި ރޯދަ މިފަދަ ރުކުން
ގަސްތުގައި އެޅި އަޅަކު އެއްފަދަވޭ އަނދާ ނަރަކައި ދަރާ

The post ޣަފްލަތުންގެ ނިދީން ހޭލާން ނުވޭތޯ! first appeared on އަދިވެސް އޮންލައިން.



More from Adhives Online