ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން ހުޅުވައިދެއްވައިފި

Fri, 24 Mar 2023 10:16 PM

View on this article on Adhives Online

ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން ހުޅުވައިދެއްވައިފި

އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން މި މިސްކިތް ހުޅުވައިދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

ހެޔޮއެދޭ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވައިދެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެކަޑަމީގެ މަސައްކަތްތައްތައް ކުރިޔަށްދާގޮތް އޮޅުންފިލުއްވައިފައެވެ. އެގޮތުން އިންސްޓަރކްޓަރުން ލިބުމުގައި ކުރިމަތިވާ ދަތިތައް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

The post ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން ހުޅުވައިދެއްވައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online