އައިބީ މިރޭ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަނީ

Sat, 27 Jul 2024 10:26 AM

View on this article on adduLive

އައިބީ މިރޭ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އައިބީ) ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.



އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ފޭދޫ ސްކޫލް ހޯލުގަ އެވެ. އެހެންވެ އެ ބައްދަލުވުމަށް ފޭދޫގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްވަތްވާ މެންބަރު ވިދާޅުވި އެވެ.

މިއީ މެއި މަހުގެ 28 ވަނަ ދުވަހު 20 ވަނަ މަޖިލީހަށް ހުވާކުރެއްވި ފަހުން، އައިބީ އާންމުކޮށް ހުޅުވާލައިގެން ސީދާ ރައްޔިތުންނާ އެކީ ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.

އައިބީ އަކީ 18 ވަނަ މަޖިލީހުގައި ވެސް ފޭދޫ ތަމްސީލު ކުރެއްވި މެންބަރެކެވެ.

ފޭދޫ ތަމްސީލުކުރައްވާ ދެ މެންބަރުން މިހާރުގެ މަޖިލީހުގައި ތިއްބަވަ އެވެ. އެއީ ފޭދޫގެ އުތުރާއި މަރަދޫފޭދޫ ވެސް އެކުލެވޭ ގޮތަށް 20 ވަނަ މަޖިލީހަށް އިތުރުވި ދާއިރާގެ މެންބަރާ އެކީގަ އެވެ. އެގޮތުން ފޭދޫ އުތުރު ދާއިރާގެ މެންބަރަކީ މަރަދޫފޭދު އަށް އުފަން އިސްމާއީލް ނިޒާރެވެ.

The post އައިބީ މިރޭ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަނީ appeared first on adduLIVE.



More from adduLive