"ރޮބޯމޭން" ގެ ނަމުގައި ދިވެހި ފިލްމެއް ހަދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
މި ފިލްމު ހަދާފައި ވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެންނެވެ. މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން" ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.
ފިލްމުގެ ޓީމުން ބުނެފައިވާ ގޮތުގައި މިއަށް ދެ ޖިންސްގެ ކާސްޓުން ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތަކެއް ބާއްވާނެ އެވެ.
The post "ރޮބޯމޭން" ގެ ނަމުގައި ދިވެހި ފިލްމެއް ހަދަނީ appeared first on adduLIVE.