ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ

Fri, 10 May 2024 07:25 PM

View on this article on adduLive

ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.



މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށާއި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދުރާއްޖެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓުން ބުނެފައިވަނީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭވެހުން އަދި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށެވެ.

މީގެއިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާއި ދެމެދުގައި ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

The post ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ appeared first on adduLIVE.



More from adduLive