ޑޮކްޓަރުންގެ ޒިންމާތަކަށް ހުުރަސް ނާޅަން ގޮވާލައިފި

Tue, 07 May 2024 05:06 PM

View on this article on adduLive

ޑޮކްޓަރުންގެ ޒިންމާތަކަށް ހުުރަސް ނާޅަން ގޮވާލައިފި

އެކި ކަހަލަ ތުހުމަތުތައްކޮށް، ޑޮކްޓަރުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެ މީހުން ޒިންމާ އަދާކުރަން ހުރަސްއެޅޭ ފަދަ އަމަލު ކުރާތީ އެކަން ކުށްވެރިކޮށް އެފަދަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.



އެ ހޮސްޕިޓަލުގައި ވިހޭ ކުއްޖަކާ އިހުމާލުވެފައިވާ ކަމަށް ބުނެ، އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކޮށްފައި ވަނިކޮށް ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ސޯޝަލް މީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫން." ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ބަލި މީހާގެ ހާލަތާއި ފަރުވާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ފެތުރިޔަސް ދިމާވި ހާދިސާއާ ގުޅިގެން ފަރުވާއާ ގުޅުންހުރި ހުރިހާ މައުލޫމާތަކާއި އަދި އެހެނިހެން ކަންކަން ވެސް އާއިލާ އަށް ތަފުސީލުކޮށް ކިޔައިދީފައި ވާނެ ކަމަށެވެ. އަދި ބަލި މީހަކަށް ފަރުވާދޭ އިރު ވަކި ކަމެއް އެހީތެރިއާއަށް ފާހަގަކުރެވޭ ނަމަ، އެ ކަމެއް ހޮސްޕިޓަލާ ހިއްސާކުރެވޭނެ ކަމަށާއި އަދި ގޯސްކޮށް ކަމެއް ހިނގާ ނަމަ، ހޮސްޕިޓަލުގެ ތެރެއިން އެ ކަންކަން ބެލޭނެ ކަމަށް ވެސް ބުންޏެވެ.

"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ބަޔާނުގައިވެ އެވެ. "އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަން."

The post ޑޮކްޓަރުންގެ ޒިންމާތަކަށް ހުުރަސް ނާޅަން ގޮވާލައިފި appeared first on adduLIVE.



More from adduLive