ފިޝަރީޒް ކޮލެޖް މާލޭގައި ހަދާތީ ނިޒާރު ކަންބޮޑުވެއްޖެ!

Tue, 07 May 2024 04:57 PM

View on this article on adduLive

ފިޝަރީޒް ކޮލެޖް މާލޭގައި ހަދާތީ ނިޒާރު ކަންބޮޑުވެއްޖެ!

ސަރުކާރުން ހަދަން ނިންމާފައިވާ މަސްވެރިކަމާ ބެހޭ ކޮލެޖް މާލޭގައި ގާއިމު ކުރަން ނިންމުމާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.



އެކަމާ ގޮތުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މަސްވެރިން ގިނަ ހުވަދޫ ނުވަތަ އެހެން އަތޮޅެއްގައި މަސްވެރިކަމާ ބެހޭ ކޮލެޖް ގާއިމުކުރަން ނިންމި ނަމަ އެކަން ވާނީ މާ ރަނގަޅު ފާލަކަށް ކަމަށެވެ.

"އަތޮޅުތެރޭ ތިއްބެވި މަސްވެރިންވެސް ނުވަތަ ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް މާލެ ގެންދަން ނުވަތަ މާލެ "ތޮއްޖައްސަން" އިތުރު ސިޔާސަތެއް އައުމަކީ ރަމގަޅު ނިންމުމެއް ނޫން." އޭނަ ވިދާޅުވި އެވެ.

މަސްވެރިކަމާ ބެހޭ ކޮލެޖް ގާއިމު ކުރަން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.

މަސއްވެރިކަމާ ބެހޭ ކޮލެޖް ގާއިމު ކުރުމުގެ ތައްޔާރީތައް ޔުނިވަސިޓީން މީހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އޮގަސްޓްގައޮ ކޯސްތައް ފަށަން ވަނީ ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް އިއްޔެ ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ވެސް ކޮލެޖްގައި ކިޔަވައި ދޭނެ ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ އިން ތައުލީމީ ޒުވާނުން ބިނާކޮށް އެ ދާއިރާ ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމު ކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގަ އެވެ.

The post ފިޝަރީޒް ކޮލެޖް މާލޭގައި ހަދާތީ ނިޒާރު ކަންބޮޑުވެއްޖެ! appeared first on adduLIVE.



More from adduLive