އުމްރާ އަށް މީހުން ގެންދަން ފުރުސަތު ހުޅުވާލައިފި

Tue, 07 May 2024 04:45 PM

View on this article on adduLive

އުމްރާ އަށް މީހުން ގެންދަން ފުރުސަތު ހުޅުވާލައިފި

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.



މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން 2022 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަަމަށެވެ.

އެގޮތުން ޕްރޮޕޯސަލް ހުށަހެޅުނުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އުމްރާ އަށް މީހުން ގެންދަން ހުއްދަ ދިނުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވުމާއި ހުއްދަ އަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި އެ މީހެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި އެ ފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން ހިމެނެ އެވެ.

ހުއްދަ ލިބުމަށް ފަހު ދަފުތަރުކުރާ ކޮންމެ ކުންފުންޏަކުން 20،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

The post އުމްރާ އަށް މީހުން ގެންދަން ފުރުސަތު ހުޅުވާލައިފި appeared first on adduLIVE.



More from adduLive