އަރިއަންގެ "ސްޓާޑަމް" އަހަރުގެ ފަހުކޮޅު

Tue, 07 May 2024 09:57 AM

View on this article on adduLive

އަރިއަންގެ "ސްޓާޑަމް" އަހަރުގެ ފަހުކޮޅު

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންހެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރަމުން އަންނަ ވެބް ސީރީޒް "ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި ސީރީޒްގެ ފަހު ޝެޑިއުލް މި މަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު "ސްޓާޑަމް" ކާސްޓާއި ކްރޫ ގޯއާ އަށް ދާނެ ކަމަށާއި އެ ޝެޑިއުލް މި މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އަރިއަންގެ އަލަތު ސީރީޒްގެ ސްކްރިޕްޓް ނިންމައިލިކަން އޭނަ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާތަނަށް "ސްޓާޑަމް" އާ ބެހޭ އެއްވެސް ތަފުސީލެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ހަ އެޕިސޯޑަށް ހަދާ ސީރީޒްގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރަން ނިންމާފައިވާ އެކްޝަން ތުރިލާ "ކިލް" އިން ތައާރަފުކުރާ އެކްޓަރު ލަކްޝް ލަލްވާނީ ހިމެނޭކަން މިހާތަނަށް ކަށަވަރުވެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" ގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮލީވުޑަށެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުން އަރިއަންގެ ބައްޕަ ޝާހްރުކާއި ރަންވީރު ސިންގް އިތުރުން ރަންބީރް ކަޕޫރް ފަދަ ތަރިން ފެންނާނެ އެވެ.

"ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ދޫކޮށްލަން އުޅޭ އިރު، މި ގެނެސްދޭނީ ކޮން ސްޓްރީމިން ޕްލެޓްފޯމަކުން ކަމެއް އަދި ނޭނގެ އެވެ. ސީރީޒް އުފައްދަނީ އަރިއަންގެ އާއިލީ ސްޓޫޑިއޯ ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ދަށުންނެވެ.

The post އަރިއަންގެ "ސްޓާޑަމް" އަހަރުގެ ފަހުކޮޅު appeared first on adduLIVE.



More from adduLive