މި މަހުގެ 4 އާ ހަމައަށް އެކަނި ވެސް ޑެންގޫގެ 40 ކޭސް

Tue, 07 May 2024 09:37 AM

View on this article on adduLive

މި މަހުގެ 4 އާ ހަމައަށް އެކަނި ވެސް ޑެންގޫގެ 40 ކޭސް

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް ޑެންގީގެ 40 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.



އެ ބައްޔާ ގުޅޭ ގޮތުން އެތަނުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ގޮތުގައި ޖެނުއަރީން ފެށިގެން މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ޑެންގީގެ 660 ކޭސް ފެނިފައިވެ އެވެ. އެގޮތު އެ ބަލި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ އިރު، ޖެނުއަރީ މަހު 146 ކޭސް، ފެބްރުއަރީ މަހު 116 ކޭސް، މާޗު މަހު 119 ކޭސް، އަދި އޭޕްރީލް މަހު 239 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގޫ ޖެހިގެން މިހާރު އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ ތެރޭގައި ތުއްތު ކުދިންތަކެއް ވެސް ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ވެސް މިދިޔަ މަހުން ފެށިގެން ފެތުރެމުންދާ އިރު، އެޕްރީލް މަހުގެ ތެރޭގައި 177 ކޭހާއި މި މަހުގެ 4 ދުވަހު ރިޕޯޓްކުރި 58 ކޭސްހާ އެކީ ޖުމުލަ 235 ކޭސް މިހާރު ހިމެނެ އެވެ.

ޑެންގޫ އާއި ޗިކުންގުންޔާ އަކީ ވެސް މަދިރީގެ ޒަރީރާ އިން ޖެހޭ ބަލިތަކަށްވާތީ މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކޮށް، އިރުޝާދުތައް ދެމުންނެވެ.

The post މި މަހުގެ 4 އާ ހަމައަށް އެކަނި ވެސް ޑެންގޫގެ 40 ކޭސް appeared first on adduLIVE.



More from adduLive