ކެންސަރާ ގުޅޭ ސެޝަންތަކެއް 3 ސިޓީއަކަށް

Tue, 07 May 2024 09:10 AM

View on this article on adduLive

ކެންސަރާ ގުޅޭ ސެޝަންތަކެއް 3 ސިޓީއަކަށް

ރާއްޖޭގައި ވެސް މިހާރު ވަރަށް އާންމު ބައްޔެއްގެ ގޮތުގައި ފާހަގަކުރެވޭ ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމާ ގުޅޭ ސެނިމާތަކެއް ބާއްވަން ނިންމައިފި އެވެ.



މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ ބެންގަލޫރުގެ ސައިޓްކެއާ ހޮސްޕިޓަލުން ރާއްޖޭގެ ސްޕްލެންޑިކޯ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި އިމޭޖް ސެންޓާ ކްލިނިކާ ގުޅިގެންނެވެ.

ކެންސަރަށް ހޭލުންތެރިކުރުމަށް ބާއްވާ މި ސެމިނާތައް ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު، ކަސްޓަމްސް ބިލްޑިންގްގުގަ އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އާދިއްތަ ދުވަހު ސެމިމާ ހަމަޖެހިފައިވާއިރު، އަންނަ ހަފުތާގެ އަންގާރަ ދުވަހު އަައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ސެމިނާގެ ސެޝެން އޮންނާނެ އެވެ.

ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ ހުރިހާ ސެޝަނެއް ވެސް ކުރިއަށް ދާނީ ތާވަލުކޮށްފައިވާ ދުވަސްތަކުގެ ހެނދުނު 10:00-11:00 އަށެވެ.

ސެމިނާތަކުގައި މައުލޫމާތު ދެއްވާނީ ސައިޓްކެއާ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓެންޓް އެންޑް ޑިރެކްޓަރު ރޭޑިއޭޝަން އެންކޮލޮޖީ ޑރ. ސުރެންދްރާ ޓީ ރެޑީ އެވެ.

މި ސެމިނާގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ކޮންޕްރެހެންސިވް ކެންސާ ކެއާ އާއި ރޭޑިއޭޝަން ތެރަޕީއާ ގުޅޭ ގޮތުންނެވެ.

ސްޕްލެންޑިކޯއިން ބުނީ ސެމިނާތައް ބޭއްވުމުގެ މަގުސަދަކީ ރޭޑިއޭޝަން ތެރަޕީއާ ގުޅޭ މައުލޫމާތު ދިނުމާއި، ކެންސަރުގެ ބަލި ތަހައްމަލު ކުރަމުންދާ މީހުން ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ.

ސެމިނާގެ ސެޝަންތަކާ ބެހޭ އިތުރު މައުލޫމާތު 7944331 އިން ހޯދޭނެ އެވެ.

The post ކެންސަރާ ގުޅޭ ސެޝަންތަކެއް 3 ސިޓީއަކަށް appeared first on adduLIVE.



More from adduLive