ރަފާހް އަށް ހުއްޓުމެއް ނެތި ބޮން އަޅަން ފަށައިފި

Tue, 07 May 2024 06:02 AM

View on this article on adduLive

ރަފާހް އަށް ހުއްޓުމެއް ނެތި ބޮން އަޅަން ފަށައިފި

އިޒްރޭލުން ދެކުނު ގާޒާގެ ރަފާހް ސިޓީ އަށް ހުއްޓުމެއް ނެތި ބޮން އަޅަން ފަށައިފި އެވެ.



އިޒްރޭލުން ރަފާހް އަށް ބޮން އަޅަން ފަށާފައި މިވަނީ ހަމަލާތައް ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި އެއްބަސްވުމަކަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުން ތާއީދުކޮށް އެއްބަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމަށް ދެކޮޅު ހަދާފަ އެވެ.

އިޒްރޭލުން ބުނީ ރަފާހް އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކުން އާންމުން ފޭބުމަށް ވެސް އިޒްރޭލު ސިފައިން އަންނަނީ އަންގަމުންނެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ގާޒާގެ އެކި ސަރަހައްދުތަކުން އިޒްރޭލަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ރަފާހް އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 8 މީހަކު ޝަހީދުވެފަ އެވެ.

އިޒްރޭލުން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު އެގައުމުން މީގެކުރިން ވަނީ މިލިޓަރީ އޮޕަރޭޝަނެއް ފަށަން ބޭނުންވާތީ ރަފާހްގައި ދިރިއުޅެމުންދާ 100،000 ވަޒަން ދޫކޮށް ދިޔުމަށް ވެސް އަންގާފަ އެވެ. ނަމަވެސް މިކަން މިގޮތަށް ނުކުރުމަށް އެތައް ގައުމަކުން އިޒްރޭލު ކިބައިން ވަނީ އެދިފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

The post ރަފާހް އަށް ހުއްޓުމެއް ނެތި ބޮން އަޅަން ފަށައިފި appeared first on adduLIVE.



More from adduLive