ފުލަހަކު، ދަރިވަރަކު ބްލެކްމެއިލްކުރި މައްސަލައެއް ބަލަނީ

Mon, 06 May 2024 06:13 PM

View on this article on adduLive

ފުލަހަކު، ދަރިވަރަކު ބްލެކްމެއިލްކުރި މައްސަލައެއް ބަލަނީ

ފުލުހަކު ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެެވެ.



އާންމުންގެ މީހަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުންގެ އިންސްޕެކްޓަރަކު, ވިލާ ކޮލެޖްގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް, އެ މައްސަލަ ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް އެބަހުރިތޯ ސުވާލުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާމެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ބަހާއިން މި މައުލޫމާތު ޔަގީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހަކާ މެދު ޝަކުވާއެއްވާ ނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅައިގެން ހައްލުކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

The post ފުލަހަކު، ދަރިވަރަކު ބްލެކްމެއިލްކުރި މައްސަލައެއް ބަލަނީ appeared first on adduLIVE.



More from adduLive