އެއްވެ އުޅުމުގެ މިނިވަންކަން ވީހާވެސް ބޮޑަށް ފަހިކޮށްދެނީ

Mon, 06 May 2024 06:10 PM

View on this article on adduLive

އެއްވެ އުޅުމުގެ މިނިވަންކަން ވީހާވެސް ބޮޑަށް ފަހިކޮށްދެނީ

އެއްވެ އުޅުމުގެ މިނިވަންކަން ވީހާވެސް ބޮޑަށް ފަހިކޮށްދިނުމުގެ ގޮތުން އެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.



ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އާ މަޖިލިސް ފެށިގެންދާއިރު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށާއި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ބޮޑަށް އެއްވެ އުޅުން، ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައި ބޭއްވުން ކަމަށެވެ.

"އެހެންވީމަ، އަންނަ މަޖިލީހުގައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު އިރާދަކުރެއްވިއްޔާ ހުށަހެޅިގެންދާނެ،" ހީނާ ވިދާޅުވި އެވެ.

މިހާރު ގާނޫނު އޮންނަގޮތުން ހުއްދަ ނުނަގައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅައި އިއުލާން ކުރާ ތަންތަނުގައި އެކަންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަނޑައަޅާފައި ވަނީ ހުއްދަ ނުނަގައި އެއްވެވޭނި ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށެވެ.

އޭރު ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރައީސް ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅިފައި އޮތް ނަމަވެސް ވެސް އެ ގާނޫނު އިސްލާހުކޮށްފައެއް ނުވެ އެވެ.

The post އެއްވެ އުޅުމުގެ މިނިވަންކަން ވީހާވެސް ބޮޑަށް ފަހިކޮށްދެނީ appeared first on adduLIVE.



More from adduLive