އަނަސްގެ މަރު: ހަތް މީހުންގެ ބައި އިސްތިއުނާފު ކޮށްފި

Mon, 06 May 2024 03:27 PM

View on this article on adduLive

އަނަސްގެ މަރު: ހަތް މީހުންގެ ބައި އިސްތިއުނާފު ކޮށްފި

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.



އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނެފައިވަނީ އަނަސް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ 7 މީހުންގެ ބައިވެސް މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

The post އަނަސްގެ މަރު: ހަތް މީހުންގެ ބައި އިސްތިއުނާފު ކޮށްފި appeared first on adduLIVE.



More from adduLive