4 ކިލޯގެ ޑްރަގްސްއާއެކު މީހަކު ހައްޔަރަށް

Mon, 06 May 2024 03:02 PM

View on this article on adduLive

4 ކިލޯގެ ޑްރަގްސްއާއެކު މީހަކު ހައްޔަރަށް

މާލޭ ގެއެއް ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގާ މީހަކު ހައްޔަރު ކޮށްފައިވަނީ މޭ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މެއި 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 4 ކިލޯ ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ދީފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

The post 4 ކިލޯގެ ޑްރަގްސްއާއެކު މީހަކު ހައްޔަރަށް appeared first on adduLIVE.



More from adduLive