ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފި

Mon, 06 May 2024 02:34 PM

View on this article on adduLive

ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފި

އިތުރު ތިން ސަފީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.



ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ޗައިނާގެ ސަފީރުކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު، ބަންގްލަދޭޝްގެ ސަފީރުކަމަށް ޝިއުނީން ރަޝީދު އަދި ސައުދިއަރަބިއްޔާގެ ސަފީރު ކަމަށް މުހައްމަދު ތާހާއެވެ.

މި ތިން ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން ޑރ. ފަޒީލް ނަޖީބު އަދި ޝިއުނީން ރަޝީދުއަށް ރުހުން ދޭން ފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވިއެވެ. އަދި މުހައްމަދު ތާހާއަށް ރުހުން ދޭން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއެވެ.

ރުހުން ދިން ތިން ސަފީރުންގެ ތެރެއިން ޑރ. ފަޒީލް ނަޖީބު އަދި މުހައްމަދު ތާހާ އަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.

The post ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފި appeared first on adduLIVE.



More from adduLive