އަލް ޖަޒީރާގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި

Mon, 06 May 2024 11:21 AM

View on this article on adduLive

އަލް ޖަޒީރާގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި

އަލް ޖަޒީރާ އަކީ ހަމާސް އަށް ވާގިދޭ ނޫސް އެޖެންސީއެއް ކަމަށް ބުނެ އެތަނުގެ ޖެރޫސަލަމް އޮފީސް އިޒްރޭލުން ރެއިޑްކޮށް، އޮޕަރޭޝަން ހުއްޓުވައިފި އެވެ.



މިކަމާ ގުޅޭ ގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިޒްރޭލުގައި އަލް ޖަޒީރާ ހިންގަން ދެން ފުރުސަތު ނުދޭނެ ކަމަށާއި އެގޮތަށް ނިންމީ ކެބިނެޓްގައި މަޝްވަރާތަކެއް ވެސް ކުރުމަށް ފަހު ކަމަށެވެ. އަލް ޖަޒީރާގެ އޮފީސް ހިންގަމުން އައި "އެމްބެސެޑާ" ހޮޓެލް ރެއިޑްކޮށް، އެތަނުގައި ބޭނުން ކުރަމުން ދިޔަ އެތައް ސާމާނެއް އިޒްރޭލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކަ އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޮމޯ ކަރްހީ އެކްސްގައި ވީޑިއޯއާ އެކީ ހިއްސާ ވެސް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އަލް ޖަޒީރާ އިން ބުނީ އެ އެޖެންސީ އަށް އިޒްރޭލުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށާއި އޮޕަރޭޝަން ހުއްޓުވި މައްސަލައިގައި ކޯޓަށް ދާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ވާހަކަތައް ގެނެސްދޭން ހުރަސް އެޅުމުގެ ގޮތުން އަނިޔާވެރި ޔަހޫދީ ދައުލަތުން މީގެ ކުރިން ވެސް ދިޔައީ މިޑިއާތަކަށް އެތައް ހުރަސްތަކެއް ކުރިމަތި ކުރަމުންނެވެ. އެގޮތުން އިޒްރޭލުން އޮކްޓޯބަރު 7 ގައި ފަލަސްތީނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 200 އެއްހާ ނޫސްވެރިންގެ ފުރާނަ ދުއްވާލާފައިވެ އެވެ.

އޭގެ ތެރޭގައި އަލް ޖަޒީރާއި މަސައްކަތްކުރަމުން އައި ބައެއް މީހުންނާއި އެ މީހުންގެ އާއިލާތައް އެއްކޮށް ނައްތާލާފައިވެ އެވެ.

އިޒްރޭލުން އަލް ޖަރީޒާ ހުއްޓުވި މައްސަލައިގައި އެކިއެކި މިޑިއާތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކުން އެކަން ކުށްވެރިކޮށް، އިޒްރޭލުގެ ނިންމުން ބަދަލު ކުރަން ގޮވާލާފައިވެ އެވެ.

The post އަލް ޖަޒީރާގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި appeared first on adduLIVE.



More from adduLive