ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައަޅަނީ

Thu, 02 May 2024 05:01 PM

View on this article on adduLive

ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައަޅަނީ

ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައެޅުމަށް ހާއްސަ މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.



ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށެވެ.

"ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ "ހެޕިނަސް އިންޑެކްސް"ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ ހެޕިނެސް އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދަ ރަށަކަށް އަގުވަޒަން ކުރުމަށް އެވޯޑެއްވެސް ދޭ ގޮތަށް ކަމަށެވެ. ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވާލާނީ އަމިއްލަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެޕިނެސް އިންޑެކްސްގެ ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރު ތަންފީޒު ކުރެވޭނެތޯ މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

The post ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައަޅަނީ appeared first on adduLIVE.



More from adduLive