ސޮލޮމަން އައިލޭންޑްސް އަށް އާ ބޮޑުވަޒީރެއް

Thu, 02 May 2024 10:22 AM

View on this article on adduLive

ސޮލޮމަން އައިލޭންޑްސް އަށް އާ ބޮޑުވަޒީރެއް

ސޮލޮމަން އައިލޭންޑަށް މިއަދު އާ ބޮޑުވަޒީރަކު އިންތިހާބުކޮށްފި އެވެ.



އެ މަގާމަށް އެ ގައުމުގެ ގާނޫނު މަޖިލީހުން ހޮވީ ޖެރެމިއާ މެނީލީ، 56، އެވެ. ބޮޑުވަޒީރު ކަމަށް އޭނައާ ވާދަކުރެއްވި މެތިއު ވެލީ ބަލިކުރެއްވުމަށް ފަހު، ޖެރެމިއާ ވޯޓް ކާމިޔާބުކިރެއްވީ 36 ވޯޓުންނެވެ. މެތިއު އަށް ލިބިވަޑައިގެންނެވީ 18 ވޯޓެވެ.

ޖެރެމިއާ ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރި އިރު 2019 އިން ފެށިގެން އޭނަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. "ޕްރޯ-ޗައިނާ" ލީޑަރެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ ޖެރެމިއާ ވަނީ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ.

ޖެރެމިއާ ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން މިހާރު ގެންދަވީ މަރުހަބާ ވިދާޅުވަމުންނެވެ.

ސޮލޮމަން އައިލޭންޑްގެ މިހާރުގެ ހުޅަނގުގެ ވަރަށް ބޮޑު ތާއީދެއް އޮންނަ މަނަސޭ ސޮގަވަރޭ، 69، އެވެ. އޭނަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2019 ގަ އެވެ.

The post ސޮލޮމަން އައިލޭންޑްސް އަށް އާ ބޮޑުވަޒީރެއް appeared first on adduLIVE.



More from adduLive