އޭއީއެޗްގެ ސީއީއޯ ބަލި މީހުން ބައްލަވަނީ

Thu, 02 May 2024 10:00 AM

View on this article on adduLive

އޭއީއެޗްގެ ސީއީއޯ ބަލި މީހުން ބައްލަވަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ޑރ. އިބްރާހީމް ޔާސިރު އެތަނުގައި ބަލި މީހުންނަށް ފަރުވާ ދެއްވަން ވެސް ފައްޓަވައިފި އެވެ.



މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ޔާސިރަކީ ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި 30 އަހަރަށް ވރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ސީނިއާ ކޮންސަލްޓަންޓެއް ކަމަށެވެ. ޑރ. ޔާސިރަކީ އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެކެވެ.

އޭނަ އޭއީއެޗްގައި ބަލިމީހުންނަށް ފަރުވާ ދެއްވަން ފެއްޓެވުމަކީ އެތަނުން ހިދުމަތް ހޯދާ މީހުންނަށާއި ހޮސްޕިޓަލަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.

ޑރ. ޔާސިރު އޭއީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭނަ ކުރިން އައިޖީއެމްއެޗާއި ސެނަހިޔާގެ އިތުރުން މެޑިކާގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.

ޔާސިރުގެ ކުރިން އޭއީއެޗްގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ސޯލިހަކީ ވެސް އެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގެ އިތުރަށް ހޮސްޕިޓަލްގައި އޮޕަރޭޝަން ކުރެއްވުމުގައި ހަރަކާތްތެރިވަޑައިގތް ބޭފުޅެކެވެ. ޑރ. ސޯލިހު އީއޭއެޗުން ވަކިވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

The post އޭއީއެޗްގެ ސީއީއޯ ބަލި މީހުން ބައްލަވަނީ appeared first on adduLIVE.



More from adduLive