"އަނޫޕަމާ" ބީޖޭޕީ އަށް ސޮއިކޮށްފި

Thu, 02 May 2024 09:49 AM

View on this article on adduLive

"އަނޫޕަމާ" ބީޖޭޕީ އަށް ސޮއިކޮށްފި

އިންޑިއާގެ މިހާރުގެ އެންމެ މަގުބޫލު ޓީވީ ސިލްސިލާ ސްޓާ ޕްލަސްގެ "އަނޫޕަމާ" ގެ ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަތަލާ ރުޕާލީ ގަންގޫލީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ އަށް ސޮއިކޮށްފި އެވެ.



ނިއު ދިއްލީގައި ހުންނަ ބީޖޭޕީގެ ހެޑްކުއާޓަރުގައި އޭނަ އެ ޕާޓީ އަށް ސޮއިކުރީ އިއްޔެ އެވެ.

ރުޕާލީ ބުނީ އިންޑިއާ ބޭނުން ވަނީ މޯދީ ކަހަލަ ވެރިއެއް ކަމަށާއި އެފަދަ ވެރިއަކު ގައުމު ހިންގެވުމުގައި ހުންނެވުމަކީ އިންޑިއާގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. ރުޕާލީ ބުނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބު މިދިޔަ މަހުގެ 19 އިން ފެށިގެން ކުރިއަށްދާ އިރު، ދެން ޕާޓީ އަށް ތާއީދު ހޯދަން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރި ވެސް ވާނެ އެވެ.

އަންނަ މަހުގެ 1 ގައި ނިންމާ ގޮތަށް ކުރިއަށްދާ އިންތިހާބު ވާނީ މޯދީ އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ސާފުވާނެ އިންތިހާބަކަށެވެ.

މިހާރު އެންމެ ނުފޫޒު ގަދަ ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ރުޕާލީ، ބީޖޭޕީއާ ގުޅުނު މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަމާވަތަކީ ބީޖޭޕީގެ ޓިކެޓްގައި އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓެކެވެ. އޭނަ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށެވެ.

ދެހާސް ވިހީގައި ދައްކަން ފެށީ "އަނޫޕަމާ" އިން ރުޕާލީ އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އިރު 47 އަހަރުގެ ބަތަލާ މިހާތަނަށް ވަރަށް ގިނަ ސިލްސިލާތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ އެކައްޗަކީ 2004-2006 އަށް ސްޓާ ވަން އުން ގެނެސްދިން "ސަރަބާއީ ވާސަސް ސަރަބާއީ" އެވެ.

ރުޕާލީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1997 ގެ "ދީ އާކޭ ބާރާ ހާތު" ހިމެނެ އެވެ.



More from adduLive