ސްޓެލްކޯ މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް ނެތް

Thu, 02 May 2024 09:46 AM

View on this article on adduLive

ސްޓެލްކޯ މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް ނެތް

ސްޓެލްކޯއަކީ ސިޔާސީ ތަނަކަށް ހަދަން ބޭނުން ނުވާ ކަމަށާއި މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.



ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފަހުމީ ވިދާޅުވީ އޭނާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިސްފައިވަނީ އެ ކުންފުނީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ކަމަށެވެ. އަދި އެމްޑީގެ މަގާމާ ހަވާލުވީ ތަނުގެ ތެރެއަށް އައި ސިޔާސީ ބަދަލުތަކާ އެކިކަންކަން ތަޖުރިބާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެތަޖުރިބާ އެހެން މުވައްޒަފެއް ދެން ކުރާކަށް. އެހެންމަ، މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދެނީ ގައުމީ ހިދުމަތެއް ކަމަށާއި، މި ހިދުމަތް ރައްޔިތުންނަށް ދެވޭނީ ސިޔާސީ މާހައުލާ ދުރުގައި ތިބެގެން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ސިޔާސީ މަގާމެއްގައި ހުންނަ މީހެއްކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ އެހެން އެކަން އޮތްނަމަވެސް ކުންފުނި ސިޔާސީ ނުކުރާނެ ކަމަށެވެ. އަދި އެކަމަށް މުވައްޒަފުން ހެކިވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ގާއިމު ކުރަން ބޭނުންވަނީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ކަމަށެވެ. އަދި ކުންފުންޏަކީ ސިޔާސީ ތަނަކަށް ހަދަން ބޭނުން ނުވާކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

The post ސްޓެލްކޯ މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް ނެތް appeared first on adduLIVE.



More from adduLive