ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް

Mon, 29 Apr 2024 09:19 PM

View on this article on adduLive

ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް

ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް 2024-2025 ގެ ދިރާސީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފި އެވެ.



މި އަހަރުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރު ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ 26 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި އާ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޯބަރު 3 އަށެވެ. އަދި އޮކްޠޯބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.

މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ކަނޑައަޅާފައިވާ އިރު، ބޮޑު ޗުއްޓީ ނިންމައި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާނި އެ އަހަރުގެ އޭޕްރީލް 6 ގަ އެވެ. އަންނަ އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ. އަދިއަ ންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.

ސަރުކާރުން ވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ޖެނުއަރީއަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެހެންވެ މީގެ ކުރިން އާންމު އުސޫލެއްގެ ގޮތުން ބޮޑު ޗުއްޓީ ޑިސެމްބަރާ ދިމާވާ ގޮތަށް 2026 ގެ ދިރާސީ އަހަރު ބަދަލުވެބެން ދާނެ އެވެ.

The post ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް appeared first on adduLIVE.



More from adduLive