ދިވެހި އަންހެން ފުލުހުންގެ ދައުރާ މެދު ފަހުރުވެރިވޭ

Mon, 29 Apr 2024 06:02 AM

View on this article on adduLive

ދިވެހި އަންހެން ފުލުހުންގެ ދައުރާ މެދު ފަހުރުވެރިވޭ

ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.



މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ދެވަނަ ދައުރު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިއްމު ކަމަށެވެ.

އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް މެޑަމް ވިދާޅުވި އެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށާއި އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމު ކަމާއި، ކަނބަލުންގެ ޤާބިލުކަން އިތުރުވި ވަރަކަށް މުޖުތަމަޢުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ޙައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވި އެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތްވެސް އިފުތިތާޙުކޮށްދެއްވާފަ އެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.

The post ދިވެހި އަންހެން ފުލުހުންގެ ދައުރާ މެދު ފަހުރުވެރިވޭ appeared first on adduLIVE.



More from adduLive