މިއަދު ވެސް ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ

Mon, 29 Apr 2024 06:03 AM

View on this article on adduLive

މިއަދު ވެސް ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.



މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު، ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލު ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެއިތުރުން ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މިއަދު ހެނދުނު 7 ޖެހުމާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

The post މިއަދު ވެސް ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ appeared first on adduLIVE.



More from adduLive