ޕީއެސްޖީން 12 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

Mon, 29 Apr 2024 06:01 AM

View on this article on adduLive

ޕީއެސްޖީން 12 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން 12 ވަނަ ފަހަރަށް ހޯދައިފި އެވެ.



ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ލިބުނީ ލީގުގައި އެޓީމާ އެންމެ ގާތުން ވާދަކުރަމުން އައި މޮނާކޯ ރޭ ލިޔޯން އަތުން 3-2 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގުގައި ބާކީ ތިން މެޗު ބާކީ އޮއްވާ ޕީއެސްޖީން ޗެމްޕިއަންކަން ހޯދީ 31 މެޗުން ލިބުނު 70 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 31 މެޗުން 58 ޕޮއިންޓު ހޯދައިގެން މޮނާކޯ އޮތްއިރު އެޓީމަށް ދެން ޕީއެސްޖީއާ އަރާ ހަމަ ނުކުރެވޭނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން މޮޅުވެގެން ވެސް ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތެވެ. ނަމަވެސް ލީގުގެ 15 ވަނައިގައި އޮތް ލެ ހާވްރޭއާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ޕީއެސްޖީގެ އަމާޒު މިހާރު ހުރީ ޗެމްޕިއަންސް ލީގަށެވެ. އެ މުބާރާތުގެ ސެމީފައިނަލްގައި ޕީއެސްޖީ ބައްދަލުކުރާނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ އެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗު އަންނަ ބުދަ ދުވަހު އޮންނާނެ އެވެ.

The post ޕީއެސްޖީން 12 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި appeared first on adduLIVE.



More from adduLive