ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ ކަންކަން ނުކުރަން ގޮވާލައިފި

Sun, 28 Apr 2024 06:51 PM

View on this article on adduLive

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ ކަންކަން ނުކުރަން ގޮވާލައިފި

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.



މީޑިއާ ކައުންސިލުން މިކަމަށް ގޮވާލީ ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް އަންގާފައިވާތީ ބައެއް ނޫސްވެރިންނާއި މީޑިއާތަކުން އެކަމުގެ ކަންބޮޑުވުން އެ ކައުންސިލާ ހިއްސާކޮށްފައިވާތީ އެވެ.

މީޑިއާ ކައުންސިލުން ބުނީ މޯބައިލް ފޯނަކީ ނޫސްވެރިންގެ މަސައްކަތަށް މުހިއްމު އެއްޗަކަށް ވާއިރު، އެ ފުރުސަތު ހާއްސަކޮށް ރައީސް އޮފީހުން ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ކަންބޮޑުވުން ރައީސް އޮފީހަށާއި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންއާ ހިއްސާކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުނެ އެވެ.

އެކަމުގެ ޖަވާބުގައި އެއީ މީގެ ދެ މަސް ކުރިން އެމްއެންޑީއެފް އިން އަމަލުކުރަން ފަށާފައިވާ ސެކިއުރިޓީ ޕްރޮޓޮކޯލްއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެކަން އިތުރަށް ބަލަމުން ގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޮންނަ އުސޫލެއްގެ ދަށުން ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފައިވާ ކަމަށްވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ވީހާވެސް ފުޅާކޮށް ބޭއްވުމަށާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

The post ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ ކަންކަން ނުކުރަން ގޮވާލައިފި appeared first on adduLIVE.



More from adduLive