ކޯޓްތައް އެއް ވިއުގައަކުން ގުޅާލުން އިފުތިތާހުކޮށްފި

Sun, 28 Apr 2024 09:45 AM

View on this article on adduLive

ކޯޓްތައް އެއް ވިއުގައަކުން ގުޅާލުން އިފުތިތާހުކޮށްފި

ރާއްޖޭގެ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅައިލާ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓް ސިސްޓަމް އައިސީއެމްއެސް) އިފުތިތާހުކޮށްފި އެވެ.



ޔޫއެންޑީޕީ އާއި އިނގިރޭސިވިލާތުގެ ވެސް އެހީތެރިކަނާ އެކީ ޑިވެލޮޕްކުރި ސޮފްޓްވެއާ އިއްޔެ އިފުތިތާހުކޮށް ދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

އައިސީއެމްއެސް އަކީ ދައުވާ ފޯމު އެންޓްރީ ކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަން، ކޭސްތަށް ފަނޑިޔާރުން ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމާއި ހުކުމް ކުރުން ވެސް ސިސްޓަމުގެ ތެރެއިން ކުރިއަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުން އެއް ވިއުގައަކުން ގުޅުވާލެވި ސްޓްރީމްލައިން ކުރުމަށް އެޅޭ ފާލަމެއް ކަމަށެވެ. އެތަނުން ބުނީ އައިސީއެމްއެސްގެ ޕަބްލިކް އެކްސެސް ޕޯޓަލްތަކާ އެކީ ޢާއްމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވި ދެފުށްފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

The post ކޯޓްތައް އެއް ވިއުގައަކުން ގުޅާލުން އިފުތިތާހުކޮށްފި appeared first on adduLIVE.



More from adduLive