އަދުރޭ މަޖިލީހުގެ ރައީސަކަށް!

Sun, 28 Apr 2024 09:30 AM

View on this article on adduLive

އަދުރޭ މަޖިލީހުގެ ރައީސަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާކަމުގެ އިޝާރާތެއް ކުރިއަށް އޮތް މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުއްރަހީމް އަދުރޭ) ދެއްވައިފި އެވެ.



މަޖިލިސް އިންތިހާބުގައ ލ. އަތޮޅުން ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަކުރަން އިއްޔެ ބޭއްވި ހަރަކާތެއްގައި އަދުރޭ ވަނީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމާ މެދު ވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދުރޭ އަކީ 17 އާއި 18 ވަނަ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަދުރޭ ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ސިޔާސީ ގޮތުން މިއަދު އާދެވިފައިވާ ހިސާބަށް އާދެވުމުގެ އަސްލަކީ، ފޮނަދޫގެ ލޮބުވެތި ރައްޔިތުން. ތިޔަ ބޭފުޅުން ދެއްވި ތާއީދު، ތިޔަ ބޭފުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން،" އޭނަ ވިދާޅުވި އެވެ. "އެހެން ނޫން ނަމަ މިއަދު މި މަގާމަށް އަޅުގަނޑަށް ނާދެވުނީސް،" ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަކލްގެ ބައްޕަ ވިދާޅުވީ ކޮންމެ މަގާމަކަށް ވަޑައިގަތަސް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާން ނުނެތޭނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި އޮންނާނީ ރައްޔިތުންނަށް އަބަދުވެސް އިހުތިރާމާއި ލޯބި." އަދުރޭ ވިދާޅުވި އެވެ.

އަންނަ މަހުގެ 28 ގައި ހުވާ ކުރަން ހަމަޖެހިފައިވާ 20 ވަނަ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް ގެންނާނެ ބޭފުޅުންނާ
ބެހޭ ގޮތުން މިހާރު އަންނަނީ ތަފާތު ވާހަކަތަކެއް ދެކެވެމުންނެވެ. އެގޮތުން ނައިބު ރައީސަކަށް ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ ގެންނަން ނިންމާފައިވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.

އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ކަށަވަރުކޮށްފަ އެވެ. އެއީ 73 މެންބަރުންނާ އެކީގަ އެވެ.

The post އަދުރޭ މަޖިލީހުގެ ރައީސަކަށް! appeared first on adduLIVE.



More from adduLive