ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ހަދާނެ ބަޔަކު ހޯދަނީ

Sun, 28 Apr 2024 09:13 AM

View on this article on adduLive

ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ހަދާނެ ބަޔަކު ހޯދަނީ

އައްޑޫ ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.



އެތަނުން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހެ އެވެ. އޭގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ކައުންސިލް އިދާރާ އިން ބިޑް ޑޮކިއުމަންޓް ވިއްކާނެ އެވެ.

މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 8 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، މިހާރު ވެސް އެ އަވަށުގައި މިފަދަ ޕާކްތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި ކައުންސިލާއި ސަރުކާރުން ހޭދަކޮށްގެމް ހެދި ޕާކް ވެސް ހިމެނެ އެވެ އެކަމަކު ޕާކްތަކަށް އަޅާނުލެވި އެތަންތަނުގެ ހާލަތު ގޯސްކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.

The post ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ހަދާނެ ބަޔަކު ހޯދަނީ appeared first on adduLIVE.



More from adduLive