ފުވައްމުލަކު ދެކުނު ގޮނޑި ގެއްލުނީ ފައިސަލްގެ ސަބަބުން

Tue, 23 Apr 2024 08:03 PM

View on this article on adduLive

ފުވައްމުލަކު ދެކުނު ގޮނޑި ގެއްލުނީ ފައިސަލްގެ ސަބަބުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުނީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.



އެ ދާއިރާގެ ގޮނޑި ނަޒްރާއާ ވާދަކޮށް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވި އެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ފައިސަލް ގެންދެވީ އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެން މިތިބީ ދޫދޭކަށް ނޫން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑި ވެސް މި ވަނީ ގެއްލުވާލާފައި،" އޭނާ ވިދާޅުވި އެވެ.

ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

The post ފުވައްމުލަކު ދެކުނު ގޮނޑި ގެއްލުނީ ފައިސަލްގެ ސަބަބުން appeared first on adduLIVE.



More from adduLive