އިކޮނޮމިކް މިނިސޓްރީ އަށް އިތުރު ސްޓޭޓް މިނިސްޓަރެއް

Tue, 23 Apr 2024 05:59 PM

View on this article on adduLive

އިކޮނޮމިކް މިނިސޓްރީ އަށް އިތުރު ސްޓޭޓް މިނިސްޓަރެއް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި އެވެ.



އެ މަގާމަށް އައްޔަންކުރީ އިސްމާއިލް ޒަބީހުވެ. އޭނަ އަކީ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްއާރްއެމްގެ ސްލޮޓްގައި ހަޔަ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޒަބީހު ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މި މަހުގެ މި މަހުގެ 17 ގަ އެވެ.

އެ މަގާމަށް އޭނަ އައްޔަންކޮށްފައި މި ވަނީ ވަކި ސަބަބެއް ނާންގައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫންގައި ވަކިކޮށްފައި ވަނިކޮށެވެ. ޒަބީހު ކުރިން ރައީސް އޮފީހުގެ ސީނިއާ ރިސާޗް އޮފިސަރުގެ މަގާމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ބޯޑު މެމްބަރުކަމާއި ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ އެކެޑެމިކް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިހާރު ހަތަރު ސްޓޭޓް މިނިސްޓަރު އެބަތިއްބެވެ.

The post އިކޮނޮމިކް މިނިސޓްރީ އަށް އިތުރު ސްޓޭޓް މިނިސްޓަރެއް appeared first on adduLIVE.



More from adduLive