ޤައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ

Sat, 20 Apr 2024 02:10 PM

View on this article on adduLive

ޤައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ

ދީނާއި ޤައުމަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރެއްވޭ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާއެވެ. އިންތިހާބަށް ކެމްޕޭން ކުރުމުގެ ފަހު ވަގުތަކީ މިއަދު އިރުއޮށްސި 06:00 އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާދަމާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލައްވާއިރު ރަނގަޅަށް ވިސްނަވާފައި ދީނާއި ޤައުމަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރެއްވޭ ކެންޑިޑޭޓުންނަށް ވޯޓުލެއްވުމަށް އިޚްލާސްތެރިކަމާއެކު އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މާދަމާ ކުރިއަށް ދާނީ ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށެވެ. އަދި ވޯޓު ގުނަން ފަށާނީ އޭގެ ތިރީސް މިނެޓް ފަހުން 06:00 ގައެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.

The post ޤައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ appeared first on adduLIVE.



More from adduLive