ގެއްލުނު މީހުން ހޯދަން 440 އަކަ ނޯޓިކަލް މޭލު ބަލައިފި

Sat, 20 Apr 2024 01:48 PM

View on this article on adduLive

ގެއްލުނު މީހުން ހޯދަން 440 އަކަ ނޯޓިކަލް މޭލު ބަލައިފި

މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.



އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާކަމަށެވެ. އަދިވެސް ހުއްޓުމެއްނެތި ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ދޯންޏާއި މީހުން ހޯދުމަށް ޑްރޯންގެ ބޭނުންވެސް ސިފައިން އަންނަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ އުޅަނދުތައްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

The post ގެއްލުނު މީހުން ހޯދަން 440 އަކަ ނޯޓިކަލް މޭލު ބަލައިފި appeared first on adduLIVE.



More from adduLive