ޝަމީތާ މިހާރު ކުރާ ކަމަކީ ކުރެހުން

Sat, 20 Apr 2024 01:37 PM

View on this article on adduLive

ޝަމީތާ މިހާރު ކުރާ ކަމަކީ ކުރެހުން

ބޮލީވުޑަށް ނުކުތް ނަމަވެސް ކެރިއަރު ކުރިއަށް ނުދިޔަ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ މިހާރު މުޅިން އާ ކަމެއްގައި އުޅެން ފެށި އެވެ.



އޭނަ މިހާރު ކުރާ ކަމަކީ ކުރެހުމެވެ. ޝަމީތާ ވަނީ ކުރެހުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މިހާރު އުމުރުން 45 އަހަރުގެ ޝަމީތާ އަކީ ޝިލްޕާގެ ހަމައެކަނި ކޮއްކޮ އެވެ. އޭނަ ބޮލީވުޑަށް ތައާފަރުވީ 2000 ވަނަ އަހަރުގެ ފިލްމު "މުހައްބަތޭ" އިންނެވެ.

ބޮޑު ކާސްޓެއް ހިމެނުނު އެ ފިލްމު ކިތަންމެ ކާމިޔާބަސް ޝަމީތާ އަކީ ކުރިއަށް ދާނެ ރަނގަޅު ފުރުސަތުތަކެއް ނުލިބި، ބޮލީވުޑުން ގެއްލިފައިވާ ބަތަލާއެކެވެ. އޭނަގެ ކެރިއަރުގައި ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ޒެހެރު" އާއި "ބެވާފާ" ހިމެނެ އެވެ. ދައްތަ ޝިލްޕާއާ އެކީ ޝަމީތާ "ފަރޭބް" ކިޔާ ފިލްމެއް ވެސް ކުޅެފައިވެ އެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ދަ ޓެނަންޓް" އިންނެވެ.

ހުސްހަށިބަޔަށް ހުރި ޝަމީތާ ވަނީ އިންޑިއާގެ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ހިމެނެ އެވެ.

The post ޝަމީތާ މިހާރު ކުރާ ކަމަކީ ކުރެހުން appeared first on adduLIVE.



More from adduLive