ރާއްޖެ އިން ބޭރުގައި ވެސް ވޯޓްލާ ވަގުތު އިތުރުކޮށްފި

Thu, 18 Apr 2024 05:02 PM

View on this article on adduLive

ރާއްޖެ އިން ބޭރުގައި ވެސް ވޯޓްލާ ވަގުތު އިތުރުކޮށްފި

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓްފޮށިތަކަށް ވެސް ވޯޓްލެވޭ ގަޑި އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.



އެގޮތުން ވޯޓްފޮށި ބަހައްޓާ އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ވޯޓްލާން ދޭ ވަގުތު އިތުރު ދޮޅު ގަޑިއިރު އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އިންޑިއާ އާއި ލަންކާގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ. އަދި މެލޭޝިއާގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ރޭގަނޑު 8:30 އާ ހަމައަށެވެ.

ރާއްޖޭގައި ވޯޓްލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.

ވިހި ވަނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

The post ރާއްޖެ އިން ބޭރުގައި ވެސް ވޯޓްލާ ވަގުތު އިތުރުކޮށްފި appeared first on adduLIVE.



More from adduLive