އެއްކޮށްލި 2 ފްލެޓުގެ ވެރިންނަށް އިތުރު 7 ދުވަހުގެ ފުރުސަތެއް

Thu, 08 Jun 2023 09:28 PM

View on this article on adduLive

އެއްކޮށްލި 2 ފްލެޓުގެ ވެރިންނަށް އިތުރު 7 ދުވަހުގެ ފުރުސަތެއް

ހިޔާ ދެ ފްލެޓެއް އެއްކޮށްލި މައްސަލާގައި އެ ދެފްލެޓަށް ގެނައި ބަދަލު ހައްލު އަނބުރާ އިޔާދަ ކުރުމަށް އިތުރު 7 ދުވަހުގެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން އެ ފުރުސަތު ދިން ހާމަކޮށް ބުނެފައިވަނީ ފްލެޓުގެ ވެރިފަރާތުން ކުރިން ހުރި ގޮތަކަށް ބަދަލު ކުރުމަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ހުށަހެޅި ސަބަބުތަކަށް ބަލައި އިތުރު 7 ދުވަސް މަސައްކަތް ފެށުމަށް ދިނުމަށް ނިންމާފައިވާ ކަމަށް އަބާންކޯއިން ބުނެއެވެ.

އާބަންކޯއިން މުއްދަތު އިތުރު ކުރުމަށް އެދިފައިވަނީ ފާރު އަލުން ރާނައި ދެ އެޕާޓްމެންޓް ވަކި ކުރަން ދިން މުއްދަތު ހަމަވެ، ކޮންމެ އެޕާޓްމެންޓެއް 100،000ރ. އިން ޖޫރިމައިނާކޮށް އެ ފައިސާ ދައްކަން ދިން މުއްދަތުވެސް ހަމަވެފައި ވަނިކޮށެވެ. އަދި މިއިން އެއްވެސް ކަމަކަށް ފްލެޓްވެރިން އިޖާބަ ނުދިނުމުން އެއްބަސްވުން ބާތިލް ކުރަންވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

އާބަންކޯއާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ފްލެޓްވެރިން މައްސަލަ ހައްލު ކުރުމަށް އެދުނީ 3 މަހުގެ މުއްދަތެކެވެ. ނަމަވެސް އާބަންކޯއިން 7 ދުވަހުގެ މުއްދަތެއް މިހާރު ދީފައިވަނީ އެ މަސައްކަތް ފަށާތޯ ބެލުމަށެވެ. އަދި މިމުއްދަތުގައި ނުފަށައިފި ނަމަ އެގްރިމެންޓް ބާތިލްކޮށް ފްލެޓް ހުސްކުރަން އެކުންފުނި އޮތީ ތައްޔާރަށެވެ.

މިމައްސަލާގައި ފްލެޓްވެރިން އެގްރިމެންޓް ބާތިލް ކުރުން ހުއްޓުވަން ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ވަނީ ބާތިލް ކުރުން ހުއްޓުވަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ބުނެ މައްސަލަ ނިންމާލާފައެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން ދެ ފްލެޓަކަށް ބަދަލު ގެނެސް ހަދާފައިވަނީ ރަނގަޅު ފެންވަރެއްގައެވެ. މި ދެ ފްލެޓު އެއްކޮށްލައި 4 ކޮޓަރީގެ އެޕާޓްމެންޓަކަށް ވަނީ ހަދާފައެވެ.

The post އެއްކޮށްލި 2 ފްލެޓުގެ ވެރިންނަށް އިތުރު 7 ދުވަހުގެ ފުރުސަތެއް appeared first on adduLIVE.



More from adduLive