ރައީސް ސޯލިހު ހުޅުމީދޫގައި

Mon, 05 Jun 2023 11:27 AM

View on this article on adduLive

ރައީސް ސޯލިހު ހުޅުމީދޫގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހުޅުމީދު ވަޑައިގެންފި އެވެ.

އެ އަވަށަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.

މި ދަތުރުގެ ތެރެއިން އެމްޑީޕީގެ މީދޫގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމގެ އިތުރަށް ހުޅުމީދޫގައި ހުންނަ ވިލުނު ސެންޓަރަށް ވެސް ރައީސް ރިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ބައްލަވާލެއްވި އެވެ.

ވިލުނު ސެންޓަރަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ރައީސް އައްޑު އަށް ކުރެއްވި ދަތުރުގައި ހުޅުވި ތަނެކެވެ

ރައީސް ހުޅުމީދު އަށް ވަޑައިގަތުމުން އެ އަވަށުން އެމްޑީޕީއާ ގުޅުނު ބައެއްގެ ފޯމްތައް ވެސް ހަވާލުކޮށްފައިވެ އެވެ.

ރައީސް އައްޑު އަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި މި ދަތުރުގެ ތެރެއިން އައްޑޫ ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވައި ދެއްވި އެވެ. ރައީސްގެ ދަތުރު މިއަދު ނިންމަވާލައްވާނެ އެވެ.

The post ރައީސް ސޯލިހު ހުޅުމީދޫގައި appeared first on adduLIVE.



More from adduLive