ގްރެޖްއޭޝަންގައި ބައިވެރިވެވުނީ 80 އަހަރު ފަހުން!

Mon, 05 Jun 2023 11:18 AM

View on this article on adduLive

ގްރެޖްއޭޝަންގައި ބައިވެރިވެވުނީ 80 އަހަރު ފަހުން!

މިއުޒިކް ދާއިރާ އިން ފުރިހަމަކުރި ފުރަތަމަ ޑިގްރީގެ ގްރެޖްއޭޝަން ހަފުލާގައި 80 އަހަރު ފަހުން ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުސަތު އެމެރިކާ މީހަކަށް ލިބުމުން ބޮޑު އުފަލެއް ލިބިއްޖެ އެވެ.

މި މީހާ އަކީ އެމެރިކާގެ ކެލިފޯނިއާގައި އުޅޭ، މިހާރު އުމުރުން 101 އަހަރުގެ ފްރެޑް ޓޭލާ އެވެ. މިދިޔަ މަހުގެ މެދު ތެރޭގައި ގްރެޖްއޭޝަންގައި ހަފުލާގައި ފުރަތަމަ ޑިގްރީ ސެޓްފިކެޓް ހޯދި ފްރެޑް ބުނީ އެހާ ޒަމާންކޮށްފައި ގްރެޖްއޭޝަނުގައި ބައިވެރިވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ. އޭނަ ޑިގްރީ އަށް ކިޔެވީ އެމެރިކާގެ އައޯވާގެ މައުންޓް ވާނަންގެ ކޯނެލް ކޮލެޖުންނެވެ.

އެކަމަކު 1943 ގައި ބޭއްވި ގްރެޖްއޭޝަން ހަފުލާގައި ބައިވެރި ނުވެވުނީ ދެވަނަ ބޮޑު ހަނގުރާމައިގައި އާމީ އެއާ ކޯ ރިސާވްއާ ގުޅެން ޖެހުމުންނެވެ. އެކަމަކު ކެރިއަރުން ރިޓަޔާކުރި އިރު ފްރެޑް އަކީ ޑްރޭކް ޔުނިވަސިޓީން މިއުޒިކް އެޑިއުކޭޝަނުން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ އަދި އެތަނުގައި މިއުޒިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ވެސް ކުރި މީހެކެވެ.

އަށްޑިހަ އަހަރު ފަހުން ފްރެޑްގެ ފުރަތަމަ ޑިގްރީގެ ގްރެޖްއޭޝަން ހަފުލާގެ ފުރުސަތު ފަހިކޮށް ދިނުމުގެ ފަހަތުގައި ހުރީ ކޯނެލް ކޮލެޖްގައި މިހާރު ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޭނަގެ އަންހެން ދަރިފުޅު ލިންޑާ ޓޭލާ އެވެ. މި ވާހަކަ އެތަނުގެ ވެބްސައިޓްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ފްރެޑް ބުނި ގޮތުގައި ދަރިފުޅު ހޯދައިދިން ސަޕްރައިޒަކީ ހަޔާތުގެ އެންމެ ބޮޑު އުފަލެވެ.

"އެހާ ޒަމާން ފަހުން ވެސް ދަރިފުޅު އަހަރެންގެ ގްރެޖްއޭޝަންގައި ބައިވެރިކޮށް ދިނުމަކީ ބަޔާން ވެސް ކުރަން ދަތި އުފަލެއް ލިބުނު ކަމެއް." ފްރެޑް ބުންޏެވެ.

ލިންޑާ ބުނި ގޮތުގައި ފުރަތަމަ ޑިގްރީގެ ގްރެޖްއޭޝަން ސެޓްފިކެޓާ އެކީ ބައްޕަ އުފާކޮށް ދިނުމަނީ ހަނދާން ނައްތައިނުލެވޭނެ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

The post ގްރެޖްއޭޝަންގައި ބައިވެރިވެވުނީ 80 އަހަރު ފަހުން! appeared first on adduLIVE.



More from adduLive