'ނިޒާމީ ނުކުތާ' ގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިފައި

Mon, 05 Jun 2023 10:44 AM

View on this article on adduLive

'ނިޒާމީ ނުކުތާ' ގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިފައި

މެންބަރުންގެ 'ނިޒާމީ ނުކުތާ'ގައި ޖެހި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި މަޖިލިސް ހުސްވަގުތުކޮޅަށް ގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައިވަނީ، އެމަނިކުފާނު މަޖިލީހަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެދުމުންނެވެ.

ޖަލްސާ ފެށުމަށްފަހު ޖަލްސާ ކުރިއަށްނުގެންދެވި ފުރަތަމަ މެދުކަނޑާލީ އިދިކޮޅު މެންބަރުން ތަޅުމުގައި އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ. އެކަމުގައި ސިޔާސީ ޕާޓީތައް މަޝްވަރާ ކުރުމަށްފަހު ޖަލްސާ ފެށުމުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ވަނީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

އެހެންނަމަވެސް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި މެންބަރު ޝަރީފް ވަނީ ކުރިން ދުވަހުގެ ޖަލްސާގައި މައްސަލަ ހުށަހަޅާފައި އޮތުމުން ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅަން ޖެހޭތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކުރިންދުވަހުގެ ޖަލްސާަށް ލިޔުމުން ޖަވާބު ދެއްވުމަށްފަހު މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު ވަޑައިގަތުމުން އެކަމުގައި ސުވާލު ކުރައްވާފައިވެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ލިބުނު ފުރުސަތުގައި މެންބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަން ފެއްޓެވުމުން އިދިކޮޅުން މެންބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންނަގާ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ވަނީ އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވުމަށް އަދި އިތުބާރު ނެތްކަމުގެ މައްސަލައިގައި އޮތްއެއްޗެއް ވިދާޅުނުވެ އެެހެން ވާހަކަތައް ދައްކާތީ އެކަން ފާހަގަ ކޮށްފައެވެ.

މެންބަރުންގެ ނިޒާމީ އޮއިވަރުގައިޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެނޭޅި އުޅެނިކޮށް 10:30 ވުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާ ހުސްވަގުތުކޮޅަށް ފުރުސަތުއަރުވާފައެވެ. މިއީ މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވާ ހުސްވަގުތުކޮޅެކެވެ. މަޖިލީހުގެ ގަވައިދުން ހުސްވަގުތު ކޮޅުގެ ގޮތުގައި ކަނޑައަޅާފައިވަޏީ 10:30 އިން 11:00 އަށެވެ.

ނިޒާމީ ނުކުތާގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިފައިވާއިރު، މައްސަލައިގެ ބަހުސް ވަގުތށް 2 ގަޑިއިރު ކަނޑައަޅާފައިވެއެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.

The post 'ނިޒާމީ ނުކުތާ' ގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިފައި appeared first on adduLIVE.



More from adduLive