ޓްވިޓާގެ ބިޒްނެެސް އޮޕަރޭޝަނަށް އާ މީހެއް

Mon, 05 Jun 2023 09:41 AM

View on this article on adduLive

ޓްވިޓާގެ ބިޒްނެެސް އޮޕަރޭޝަނަށް އާ މީހެއް

ޓްވިޓާގެ ހިންގުން ހަރުދަނާ ކުރަން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭގެ ބިޒްނެސް އޮޕަރޭޝަނާ އާ މީހަކު މިއަދު ހަވާލުވެވަޑައގެންފި އެވެ.

މަހުޖަނު އީލޮން މަސްކްގެ ޓްވިޓާގެ ބިޒްނެސް އޮޕަރޭޝަންގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވީ އެންބީސީ ޔުނިވާސަލްގެ އެގްޒެކެޓިވެއްގެ މަގާމުގައި ކުރިން ހުންނެވި ޖޯ ބެނަރޮޝް އެވެ.

ފާހަގަށްލެވޭ ކަމަކީ މިދިޔަ މަހު ޓްވިޓާގެ އާ ސީއީއޯއަކަށް ވެސް ހަމަޖެއްސީ ކުރިން އެންސީބީ ޔުނިވާސަލްގެ އިސްވެރިއެއްކަމެވެ. އެއީ އެ ކުންފުނީގެ އެޑްވަައިޒިން ހެޑްގެ މަގާމުގައި ހުންނެވި ލިންޑާ ޔަކަރީނޯ އެވެ. އޭނަ އަދި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިއެއްނުގަންނަވަ އެވެ.

ޓްވިޓާއާ ގުޅިވަޑައިގަތިމުން ލިންޑާ މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓްގެ ރައްދުގައި ޖޯ ވަނީ ލިބިވަޑައިގަތް ފުރުސަތަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޓްވިޓާގެ ޓީމާ އެކީ ޓްވިޓާ ވަރުގަދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާ ކަމަށް ވިދާޅުވި އެވެ.

އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

The post ޓްވިޓާގެ ބިޒްނެެސް އޮޕަރޭޝަނަށް އާ މީހެއް appeared first on adduLIVE.



More from adduLive