އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާ މެދުކަނޑާލައިފި

Mon, 05 Jun 2023 09:26 AM

View on this article on adduLive

އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާ މެދުކަނޑާލައިފި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތާ ދެކޮޅަށް އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރާތީ އެކަމުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެފައިވާއިރު، ޖަލްސާ ފެށުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އަންނަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.

އެގޮތުން ތަކުރާރުކޮށް އެދުމުންވެސް އެ މެންބަރުން ގޮނޑިކޮޅުތަކުގައި އިށިީންދެފައިނުވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލާފައެވެ. މެންބަރުން އިހުތިޖާޖު ކުރަމުން ގެންދާތީ މިއަދުގެ ޖަލްސާ ފެށިނަމަވެސް ކުރިއަށް ގެންދެވިފައެއް އަދި ނުވެއެވެ.

އިތުރު ތަފްސީލު އަންނަނީ–

The post އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާ މެދުކަނޑާލައިފި appeared first on adduLIVE.



More from adduLive