މާލޭގެ އާ ސަހަރާ އަޕްގްރޭޑްކުރަން ބަންދުކޮށްފި

Sat, 27 May 2023 08:51 AM

View on this article on adduLive

މާލޭގެ އާ ސަހަރާ އަޕްގްރޭޑްކުރަން ބަންދުކޮށްފި

މާލޭގެ އާ ސަހަރާ އަޕްގްރޭޑްކުުރަން ހިިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ މަސައްކަތްތަކަށް އެތަން ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އާ ސަހަރާ ތަރައްގީކުރަން ހިންގާ މަޝްރޫއުގެ މަސައްކަތް މިއަދު ފަށާނެ އެވެ. އަދި އެ މަސައްކަތް ދެ މަސް ތެރޭގައި ނިންމަން އޮތީ އަމާޒު ހިފައިފަ އެވެ. އާ ސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ކައުންސިލްގެ 99 ވަނަ އާންމު ޖަލްސާގަ އެވެ.

އާ ސަހަރާގެ މަސައްކަތް މިއަދު ފެށި ނަމަވެސް ނަމާދު ވަގުތުތައް ނޫން ވަގުތު ކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތަނު މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސަހަރާ ތަރައްގީކުރަން ހަމަޖެހިފައި ވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ޚާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ވެސް ހިމެނޭ ގޮތަށެވެ.

The post މާލޭގެ އާ ސަހަރާ އަޕްގްރޭޑްކުރަން ބަންދުކޮށްފި appeared first on adduLIVE.


More from adduLive