ރޯދަ ރަހަ: ބޭކެޑް ޗިކެން ބްރެސްޓް

Sun, 26 Mar 2023 06:18 AM

View on this article on adduLive

ރޯދަ ރަހަ: ބޭކެޑް ޗިކެން ބްރެސްޓް

* ބޭނުންވާ ތަކެތި:

800 ގްރާމް ޗިކެން ބްރެސްޓް
100 ގްރާމް ޗީޒް
80 ގްރާމް މަޝްރޫމް
2 ޓޮމާޓޯ
1/2 ސަމުސާ އަސޭމިރުސް
1 ސަމުސާ ލޮނު
1 ސަމުސާ ޕެޕްރިކާ
3 ސަމުސާ ޒައިތޫނު ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ކުކުޅު ބްރެސްޓްގައި މަސްފިހަން ޅިޔަ އަޅާ ގޮތަށް ޅިޔަ އަޅާލާށެވެ. ދެން ކުކުޅުގައި ހޭކުމަށް ސޯސް ތައްޔާރު ކުރުމަށް، ބޯތައްޓަކަށް ޕެޕްރިކާ، އަސޭމިރުސް، ލޮނު، ޒައިތޫނި ތެޔޮ އަޅައިގެން ގިރާލާށެވެ. ދެން ޓްރޭއެއްގައި ތެޔޮ ފޮދެއް ހޭކުމަށް ފަހު، ކުކުޅު ފަތުރާލާށެވެ.

އެއަށް ފަހު ފިއްސަކުން ކުރިން ތައްޔާރުކޮށްފައި ހުރި ސޯސް ރީތިކޮށް ހާކާލާށެވެ. ދެން ޅިޔަ އަޅާފައި ހުރި ކުކުޅުގެ ދޭތެރެއަށް ޗީޒާއި މަޝްރޫމް، ޓޮމާޓޯ ފަޅިކޮށްފައި އެއް އަޅާލާށެއެވެ.

ދެން 180 ޑިގްރީގައި 35 މިނިޓް ފިހެލާނީ އެވެ.

The post ރޯދަ ރަހަ: ބޭކެޑް ޗިކެން ބްރެސްޓް appeared first on adduLIVE.



More from adduLive